Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ތިމަރަފުށީ ފުޓްސަލް ދަނޑު ހުޅުވައިފި

ތ. ތިމަރަފުށީ އާ ފުޓްސަލް ދަނޑު ހުޅުވައިފި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތްތައް މިދިޔަ އޭޕްރީލް މަހު އެއްކޮށް ނިންމާލާފައިވާ ދަނޑު ރަސްމީކޮށް ހުޅުވީ އިއްޔެ އެވެ.

މި ދަނޑު ހެދުމުގެ މަސައްކަތް އެ ކުންފުނިން ފެށީ މީގެ 9 މަސް ކުރިންނެވެ.

ދަނޑު އިއްޔެ ހުޅުވުމާ ގުޅިގެން ތިމަރަފުށީ ސްޕޯޓްސް ކުލަބުން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނި އިއްޔެ އަކީ ތިމަރަފުއްޓަށް ތާރީހީ ދުވަހެއް ކަމަށެވެ.

ސަރުކާރު މިހާރު ވެސް އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފުޓްސަލް ދަނޑުތައް ހަދަމުންނެވެ.