Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

ގެސްޓްހައުސްކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ގެސްޓް ހައުސް އެއްގެ ތެރެއިން މަރުވެފައި އޮތް މީހެއް ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ މާލެ. ސްޓަރ، މުޙައްމަދު ރަޒީން، 50، އެވެ. ފުލުހުން އޭނަގެ ހަށިގަނޑި ފެނުނީ ފޭސްް އެކެއްގެ ގެސްޓް ހައުސްގެ 3 ވަނަ ފަންގިފިލާއިންނެވެ. އެކަމުގެ ރިޕޯޓް ކުރީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ރަޒީންގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.