Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

'އޭކް ދިން' މިހާރު އެމެޒޯން ޕްރައިމްގައި

އާމިރު ޚާން ޕްރޮޑިއުސްކޮށް މިދިޔަ މެއި މަހު ރިލީޒްކުރި ފިލްމު 'އޭކް ދިން' އެމެޒޯން ޕްރައިމް ވީޑިއޯ އަށް މިއަދު ދޫކޮށްލައިފި އެވެ.

މި ފިލްމަކީ އޭނަގެ ދަރިފުޅު ޖުނައިދު ޚާންގެ ތިން ވަނަ ފިލްމެވެ. މެއި 1 ގައި ރިލީޒްކޮށް، ބެލުންތެރިންފެ ފިނި ތަރުހީބެއް ލިބުނު 'އޭކް ދިން' ގެ ބަތަލާ އަކީ ދެކުނުގެ ކުޅަދާނަ ބަތަލާއެއް ކަމަށްވާ ސައީ ޕައްލަވީ އެވެ. ލޯބީގެ ވާހަކައެއް ކިޔައި ދިން ފިލްމުގެ ކާސްޓްގައި ކުނާލް ކަޕޫރް ވެސް ހިމެނެ އެވެ.

'އޭކް ދިން' އަކީ ސުނިލް ޕާންޑޭ ޑައިރެކްޓްކުރި ފިލްމެކެވެ.

އާމިރުގެ ކުންފުނިން ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން އޮތް ފިލްމަކީ އަންނަ މަހުގެ 14 އަށް ތާވަލުކޮށްފައިވާ ސަނީ ޑިއޯލްގެ 'ބަޓްވާރާ 1947' އެވެ.