Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

މާލޭގެ މަގުތައް ހަދާ މަޝްރޫއު 2027 ގެ ކުރީކޮޅު

މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެން އަންނަ އިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިން ނިޒާމާއި، އަލިފާން ނިއްވަން ބޭނުން ކުރާ ފަޔަ ހައިޑްރަންޓް ނިޒާމު ވެސް މަގުތަކާ އެކުލަވާލެވިގެން ދާނެ ކަމަށެވެ.

މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ޗައިނާ ސަރުކާރުގެ އެހީގައި ހަދައިދޭން ނިންމާފައަިވާކަން ރައީސް އިއުލާން ކުރެއްވީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި 2024 ގެ ކުރީކޮޅު އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ މަސައްކަތް ކޮށްދެނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސިޑްކާ) ގެ އެހީގަ އެވެ.

މި މަޝްރޫއާ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ ސާވޭގެ މަސައްކަތްތައް ޗައިނާގެ ޓީމަކުން އަންނަނީ ކުރަމުންނެވެ.