ހއ. މުރައިދޫ ގޮނޑުދޮށުން ގިނަ އަދަދެއްގެ ވަޒަންތަކެއް ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެ ވަޒަންތައް ފެނުނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފެނުނު ވަޒަންތަކަކީ އެމް 16 މަރުކާގެ ބަޑީގައި ބޭނުންކުރާ ވަޒަންތަކެކެވެ.
އެ ތަކެތި ފެނިގެން މުރައިދޫ ޕޮލިސް ޕޯސްޓަށް އެކަން ރިޕޯޓްކުރުމުން، އެ ރޭގެ ވަގުތެއްގައި އެމްއެންޑީއެފާއި ފުލުހުން ގުޅިގެން އެ ރަށަށް ގޮސް އެ ވަޒަންތައް ހުރި ފޮށި ވަނީ ގެންގޮސްފަ އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.