Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

ޝަރީއަތް ނިމެންދެން ރޫނާ ބަންދަށް

ވައިގެމަގުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާމިނަތު ރޫނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ބަންދުކޮށްފި އެވެ.

އެ މައްސަލައިގައި އޭނަ ހައްޔަރުކުރީ އޭޕްރިލް މަހުގެ ތެރޭގައެވެ. އެކި ފަހަރު މަތިން ރޫނާ ބަންދުގެ މުއްދަތު އިތުރުކުރަމުން އައިސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނަގެ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

އެ މައްސަލައިގައި ރޫނާ އާއެކު ގ. މުތީގެއާގެ، މާލެ، އަލްޔާ ޝަރްސާ ނަސީރު ވެސް ހައްޔަރުކުރި އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އަލްޔާ ހައްޔަރުކުރީ އެޕްރީލް 17 ވަނަ ދުވަހުގެ ރޭ ކަސްޓަމްސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ރޫނާ ހައްޔަރުކުރީ ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިންނެވެ