Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ސިހުރު ހަދާތީ ދުވަސްވީ މީހަކު ހައްޔަރުކޮށްފި

ސިހުރު ހެދުމުގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކުރި މީހާ އަކީ ށ. ފޭދު އަށް ނިސްބަތްވާ 63 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދު އަމުރުގައިވާ ގޮތުން އެ މީހާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރަކަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވެ އެވެ. އެގޮތުން ކޯޓަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓުގެ އިތުރުން ފޮޓޯ ރިޕޯޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

އެހެންވެ، ކޯޓުން ވަނި އޭނަ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، އޭނާ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.

މީގެ ކުރިން ވެސް ސިހުރު ހަދާކަމުގެ ތުހުތުމަތުގައި ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ހައްޔަރުކޮށްފައިވެ އެވެ.

ސިހުރު ހަދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، އިއްޔެ ބަންދަށް މުއްދަތު ޖެހި އިރު އިއްޔެގެ ހުކުރު ޚުތުބާ ވެސް ބިނާކޮށްފައި އޮތީ ސިހުރުގެ ނުބައިކަމާއި އެކަމުގެ ގެއްލުންތަކުގެ މައޗަށްކަން ފާހަގަކޮށްލެވެ އެވެ.