Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ޔޫކޭގެ އާ ބޮޑުވަޒީރަކަށް އެންޑީ ބާނަމް

އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ޕާޓީ، ލޭބާ ޕާޓީގެ ފަރާތުން، އާ ލީޑަރަކަށް އެންޑީ ބާނަމް ހަމަޖެއްސުމާ ގުޅިގެން އަންނަ ހޯމަ ދުވަހު އޭނަގެ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވަން ތައްޔާރުވެއްޖެ އެވެ.

ބާނަމް އެ މަގާމާ ހަވާލުވެވަޑައިގަންނަވަނީ ގާނޫނު ހަދާ މަޖިލީހަށް އަލުން ހޮވިވަޑައިގަތްތާ ވެސް ގާތްގަނޑަކަށް މަހެއްހާ ދުވަސް ފަހުންނެވެ. ބާންހަމް ހޮވިވަޑައިގަތީ މޭކާފީލްޑްގެ މެންބަރުގެ ގޮތުގަ އެވެ. މިހާރު އުމުރުން 56 އަހަރުގެ ބާނަމް އަކީ ކުރިން ގްރޭޓާ މެންޗެސްޓާގެ މޭޔަރުކަން ވެސް ކުރެއްވި އަދި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއްވީ ބޭފުޅެކެވެ.

މި މަހުގެ 20 ގައި އޭނަ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ އިރު، ކެބިނެޓް އެކުލަވައިލުމާ ގުޅޭ މަސައްކަތްތައް މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

އިނގިރޭސިވިލާތަށް އާ ބޮޑުވަޒީރު ގެންނަން ޖެހުނީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި ކިއަ ސްޓާމާ މިދިޔަ މަހުގެ 22 ގައި އިސްތިއުފާ ދެއްވަން ނިންމެވުމާ ގުޅިގެންނެވެ. ސްޓާމާ، 63، ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 2024 ގެ ޖުލައި މަހުގެ ތެރޭގަ އެވެ.

މިއީ 2020 ގެ ފަހުން ލޭބާ ޕާޓީ އަށް ވެރިކަމަށް އާދެވުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.