Last Updated: July 18, 17:34
Saturday, July 18, 2026
މުނިފޫހިފިލުވުން

ބަތަލާ ޖެނިފާ ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ޖެނިފާ ވިންގެޓް ކައިވެނިކޮށްފި އެވެ.

އޭނަ ވަަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް މިދިޔަ މަހުގެ ތެރޭގައި މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައިވެ އެވެ.

ޖެނިފާ އާއި ބައިވެރިޔާ ވިލިއަމް އިޝްމާއީލް ކައިވެނިކުރީ އިނގިރޭސިވިލާތުގައި ބޭއްވި ހަފުލާއެއްގަ އެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ ވިލިއަމް އަކީ ސިންގަރްގައި ދިރިއުޅޭ ވިޔަފާވެރިއެކެވެ.

ކައިވެނި ހަފުލާގެ ފޮޓޯތަކެއް ޖެނިފާ މިއަދު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

މިއީ އޭނަގެ ދެވަނަ ކައިވެންޏެވެ. މިހާރު އުމުރުން 41 އަހަރުގެ ޖެނިފާގެ ކުރީގެ ފިރިމީހާ އަކީ ބޮލީވުޑްގެ ކުރީގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ އެކްޓަރު ކަރަން ސިންގް ގްރޯވާ އެވެ. އޭނަ އާއި ޖެނިފާ 2012 ގައި ކުރި ކައިވެނި ރޫޅައިލީ 2014 ގަ އެވެ.

ބިޕާޝާއާ ކަރަން ކައިވެނިކުރީ 2016 ގަ އެވެ. އަދި އެ ކައިވެންޏަށް އަންހެން ދަރިޔަކު ވެސް ލިބިފައިވެ އެވެ.

ޖެނިފާ އަކީ 'ބޭހަދު' އާއި 'ސަރަސްވަތީޗަންދުރާ' އަދި 'ދިލް މިލް ގަޔޭ' ފަދަ މަގުބޫލު ސިލްސިލާތައް ކުޅެފައިވާ ބަަތަލާ އެވެ. އޭނަ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 'ހަމް ތުމް' އާއި 'ފަނާ' ފަދަ މަގުބޫލު ފިލްމުތަކުގެ ޑައިރެކްޓަރު ކުނާލް ކޯލީ ބަތަލުގެ ރޯލު ކުޅުނު 2018 'ޕިރް ސޭ' ހިމެނެ އެވެ.