ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ރަސްމީ ދަތުރެއްގައި ތައިލޭންޑަށް ފުރާވަޑައިގެންފި އެވެ.
އޭނަގެ މި ދަތުރަކީ އެމެރިކާގެ އެފްބީއައި އާއި ރޯޔަލް ތައި ޕޮލިސް ގުޅިގެން މާދަމަ އާއި އަނެއް ދުވަހު އަށް ތައިލެންޑްގައި ބާއްވާ "ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓަ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެކެވެ.
މިއީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު ގުޅުން ބަދަހިކޮށް، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި ސްކޭމް ތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީން ފުރުސަތުތައް ހޯދުމަށް ކުރައްވާ ދަތުރުފުޅެކެވެ.