އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ކާތިކް އާރިއަނާއި ޔާމީ ގޯތަމް އަށް މި އަހަރުގެ ނެޝަނަލް އެވޯޑް ކަށަވަރުވެއްޖެ އެވެ.
މި އަހަރު ބާއްވާ 72 ވަނަ ނެޝަނަލް އެވޯޑްސް ލިިބޭ ފަރާތްތައް އިއުލާންކުރީ އިއްޔެ އެވެ.
Announcement of 72nd National Film Awards | @nfdcindiahttps://t.co/o2G9LeVJUw
— Ministry of Information and Broadcasting (@MIB_India) July 18, 2026
ކާތިކަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ދޭން ނިންމީ އޮލިމްޕިކްސްގައި ރަން މެޑެލް ހޯދި އިންޑިއާގެ ކުރީގެ ޕެރަލިމްޕިކް އެތުލީޓް މުރްލީކަންތު ޕެޓްކަރްގެ ރޯލު އޭނަ ކުޅުނު ޑައިރެކްޓަރު ކަބީރު ޚާންގެ 2024 ގެ ފިލްމު 'ޗަންދޫ ޗެމްޕިއަން' ގައި ދެއްކި މޮޅު އެކްޓިންގެ ސަބަބުންނެވެ.
ކާތިކް، 35، އަށް އަލަށް ނެޝަނަލް އެވޯޑް ކަށަވަރު އިރު، އޭނަ އަކީ މިހާރު ބޮލީވުޑްގައި މިހާރު ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ.
ކާތިކާ އެކު މި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް އެހެން އެކްޓަރަކަށް ވެސް ލިބެ އެވެ. އެއީ ތަޖުރިބާކާރު މަލަޔަޅާމް އެކްޓަރު މަމޫޓީ، 74، އެވެ، އޭނަ އަށް އެވޯޑް ލިބެނީ 2024 ގެ ޕީރިއަޑް ބިރުވެރި ފިލްމު 'ބްރަމަޔޫގަމް' އިންނެވެ. މަމޫޓީ އަކީ މަދުމަދުން ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ މަޝްހޫރު މަލަޔާމް އެކްޓަރު ދަލްގާރް ސަލްމާންގެ ބައްޕަ އެވެ.
މި އަހަރުގެ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ކަށަވަކުރި ކުރި، ޔާމީ އަކީ މި ފަހުން އޭނަގެ ކޮންމެ ފިލްމަކުން އޭނަގެ އާދަޔާހިލާފު މޮޅު ހުނަރު ދައްކަމުން އަންނަ ބަތަލާއެކެވެ. ޔާމީ އަށް އަށް އެވޯޑް ދޭން ނިންމީ 2024 ގެ ޕޮލިޓިކަލް އެކްޝަން ތުރިލާ 'އާޓިކަލް 370' ގައި ކުޅުނު ރޯލުންނެވެ.
އެ ފިލްމަކީ އޭނަގެ ފިރިމީހާ އަދި މިހާރު އިންޑިއާގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު ކަމަށްވާ ދުރަންދަރު ވެސް ގެނެސްދިން އަދިތިޔާ ދާރު ލިޔެ، ޕްރޮޑިއުސްކުރި ފިލްމެކެވެ.
72 ވަނަ ނެޝަނަލް އެވޯޑްސްގެ މުހިއްމު އެވޯޑްތައް:
* އެންމެ މޮޅު ސަޕޯޓިން އެކްޓަރު: ސަންޖޭ މިޝްރާ (ބަކްޝަކް)
* އެންމެ މޮޅު ސަޕޯޓިން ބަތަލާ: ސަޗާނާ ނަމީދާސް (މަހާރާޖް) އަދި ރަޕްޝްރީ ވަރްކަދީ (މިތިއާ)
* އެންމެ މޮޅު ފިލްމު: އާޓިކަލް 370
* އެންމެ މޮޅު ޑައިރެކްޓަރު: ރާޖްކުމާރު ޕެރިސަމީ އަމާރަން
* އެންމެ މޮޅު އާ ޑައިރެކްޓަރު: ރަންދީޕް ހޫޑާ ސްވަންތަރިއާ ވީރު ސަވަރްކަރް
* އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: ސުކްމާރު ޕުޝްޕާ 2
* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ސުވަރްގަންދަރުވާ ސުދީރް ޕަޅްކޭ
* އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: އަބޭ ޖޯދުޕުރްކާރް (ނަވާސަޗީ ގޯރީ މަޒީ)
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: ވައިކޮމް ވިޔަލަކްޝްމީ (އޭއާރްއެމް)
* އެންމެ މޮޅު ސިނަމަޓޯގްރަފީ: ބްރަމަޔޫގަމް
* އެންމެ މޮޅު އެޑިޓިން: އަމާރަން
* އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރު: ޝަޝްވަތު ސަޗްދޭބް (އާޓިކަލް 370)
* އެންމެ މޮޅު ކޮސްޓިއުމް: ޕުޝްޕާ 2
* އެންމެ މޮޅު ކޮރިއޮގްރަފީ: ވިޖޭ ގަންގޫލީ (އިސްތިރީ 2)
* އެންމެ މޮޅު އެކްޝަން: މަހާރާޖް
* އެންމެ މޮޅު ސައުންޑް ޑިޒައިން: ބޫލް ބުލައްޔާ 3
* އެންމެ މޮޅު ހިންދީ ފިލްމު: ސްރީކާންތު
* އެންމެ މޮޅު ތަމަޅަ ފިލްމު: ރާޔަން
* އެންމެ މޮޅު ތެލެގޫ ފިލްމު: ކޮމިޓީ ކޮރުއްލޫ
* އެންމެ މޮޅު ކަންޑާނާ ފިލްމު: މިތިއާ
* އެންމެ މޮޅު މަލަޔާޅަމް ފިލްމު: ފެމިނިޗީ ފާތިމާ
* ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް: ކަލްކީ 2898 އޭޑީ
މި އަހަރުގެ ނެޝަނަލް އެވޯޑްތަކަށް ހޮވުނު ފަރާތްތަކާ އެވޯޑްތައް ހަވާލު ކުރަން ބާއްވާ ހަފުލާ އޮންނާނީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.