ސްޓެލްކޯގެ ލޯންޗެއް ނީލަމުގައި ވިއްކައިލަން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ވިއްކައިލަނީ އަވިކަތަ ލޯންޗެވެ.
ނީލަމުގައި އެ ވިއްކައިލަން އިއުލާންކުރި އިރު، ނީލަން ފެށޭ އަގަކަށް ކަނޑައަޅާފައި ވަނީ 2،880،000ރ. އެވެ. އަދި ނީލަމުގެ އަގަށް އިތުރު ކުރެވޭނެ އެންމެމަދު މިންވަރަކީ 28،800ރ. އެވެ.
އަވިކަތަ ލޯންޗް ވިއްކައިލާތީ ނީލަމުގައި ބައިވެރިވެވާން އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޑިޕޮސިޓަށް ދައްކަން ޖެހެނީ 144،000.00ރ. އެވެ.
އަދި އަގު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ.
މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުގެ ކަންކަން ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު 7325332 އަދި 3338150 އިން ހޯދޭނެ އެވެ.