ސްޕޯޓްސް މޮނިސްޓްރީން ކޯލް ސެންޓަރެއްގެ ހިދުމަތް ފަށައިފި އެވެ.
އެ ހިދުމަތް މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވީ މިނިސްޓަރު އަބްދުﷲ ރާފިޢު އެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ ކޯލް ސެންޓަރު ޚިދުމަތް ގާއިމުކުރުމާ އެކު މިނިސްޓްރީގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ވެގެންދާނެ އެވެ. އެގޮތުން އެފަރާތަކުން ބޭނުންވާ ޑިޕާޓްމަންޓަކާ ސީދާ ގުޅައި ބޭނުންވާ މަޢުލޫމާތު ސާފު ކުރުމަށް މަގުފަހިވެގެން ދާނެ އެވެ.
މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރަކީ 3347300 އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އަށް ހޯދޭނެއެވެ. އަދި އޭގެ އިތުރުން ބަންދުގަޑިތަކުގައިވެސް ޚިދުމަތް ހޯދުމަށް އެ ނަމްބަރު ބޭނުން ކުރެވޭނެއެވެ.
ކޯލް ސެންޓަރުގައި ޒަމާނީ ކޯލް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކޮށްފައިވާ އިރު އެ ސިސްޓަމުގެ ކޮންމެ ކޯލެއް ލޮގްކުރެވިގެން ދާނެ އެވެ.