Last Updated: July 20, 18:00
Monday, July 20, 2026
ޚަބަރު

މީރާގެ ވެރިޔަކަށް އަމީޒާ އައްޔަންކޮޮށްފި

ޓެކްސް ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ފާތުމަތު އަމީޒާ މިއަދު އައްޔަންކޮށްފި އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަމީޒާ ޢައްޔަން މަކީހުން ރުހުން ދިނީ މި މަހުގެ 16 ގަ އެވެ.

އަމީޒާ މީރާގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އޭނަ އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުގަ އެވެ.

ފާޠިމަތުގެ ޚިދުމަތުގެ ދިގު މުއްދަތުގައި މީރާގެ އެންފޯސްމަންޓް ޑިވިޝަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން، ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ގެންގޮސްދެއްވާފައިވެ އެވެ.

އޭނަ އަކީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ މެލޭޝިއާއިން މާސްޓަރއޮފް ސައިންސް އިން އެކައުންޓިން އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީއިން ބެޗެލާސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.