Last Updated: July 20, 18:00
Monday, July 20, 2026
ޚަބަރު

ޖޫންގައި 228 މައްސަލައެއް ބަލައިގަތް: ޕީޖީ އޮފީސް

މިދިޔަ މަހުގެ ތެރޭގައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ޖުމްލަ 228 މައްސަލައެއް ބަލައިގެންފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެތަނުން މިިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަހާ އަޅާބަލާއިރު ޖޫން މަހު ބަލައިގަތް މައްސަލަތަކުގެ އަދަދު 59.4 ޕަސެންޓް އިތުރެވެ. ޖޫން މަހު ޖުމްލަ 265 މައްސަލައެއްގައި ދައުވާ ކުރުމަށް ކޯޓުތަކަށް ވަނީ ފޮނުވާފައިވާ އިރު، މިއީ މެއި މަހު ދައުވާ ކުރުމަށް ހުށަހެޅި 263 މައްސަލައާ އަޅާބަލާ އިރު އިތުރު އަދަދެކެވެ.

މީގެ އިތުރުން، ކޯޓުތަކުގައި ކުރިއަށް ދިޔަ ޝަރީޢަތްތަކަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވި މިންވަރުވެސް މިދިޔަ މަހު އިތުރުވެ. އެގޮތުން މެއި މަހު 1،150 އަޑުއެހުމަކަށް ހާޒިރުވެފައިވާ އިރު، މިދިޔަ މަހު އެ އަދަދު 1،207 އަށް އަރަ އެވެ.

މިދިޔަ މަހު އެންމެ ބޮޑަށް އިތުރީ ޑިއުޓީ ޕްރޮސެކިއުޝަން ނުވަތަ ތަހުޤީޤީ އިދާރާތަކަށް މައްސަލަތަކުގައި ލަފާދިން މިންވަރެވެ. މެއި މަހު 447 މައްސަލައެއްގައި ލަފާދީފައިވާއިރު، ޖޫން މަހު 683 މައްސަލައެއްގައި ޕީޖީ އޮފީހުން ވަނީ ލަފާ ދީފައިވެ އެވެ.