ހުޅުމާލެ ފޭސް ދޭއްގެ ފްލެޓެއްގެ އެޕާޓްމަންޓެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ ހާދިސާ ހިނގާފައި ވަނީ ހިޔާ ޓަވަރު 8 ގެ ހިޔާ H8-19-06 އެޕާޓްމަންޓްގެ ބަދިގޭގައި ކަމަށެވެ.
އަލިފާނުގެ ހާދިސާގެ އަދާހަމަ: ހާދިސާ ހިނގާފައިވަނީ ހިޔާ H8-19-06 އެޕާންޓްމަންޓްގައި. ހާދިސާގެ ސަބަބުން އެޕާޓްމަންޓްގައި ދުމުގެ އަސަރު ބޮޑުވެ، މިވަގުތު ދިރިއުޅެން އެކަށީގެންނުވާތީ، އެތަން ސާފުކޮށް ނިމެންދެން އެ ގޭގައި ދިރިއުޅޭ 5 ދިވެެއްސަކަށް 3 ދުވަހުގެ މުއްދަތަށް ވަގުތީ… pic.twitter.com/lzJiRGa7n2
— NDMA Maldives (@NDMAmv) July 19, 2026
ބަދިގޭގައި ރޯވި އަލިފާންގަނޑު މިހާރު އެއްކޮށް ނިއްވާލެވިފައިވީ ނަމަވެސް، ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެގޮތުން ޕާޓްމަންޓްގެ އެތެރޭގައި ދުމުގެ އަސަރު ބޮޑުވެ، މިވަގުތު އެތަނަކީ ދިރިއުޅެން އެކަށީގެންވާ ތަނަކަށް ނުވާތީ، އެތަން ސާފުކޮށް ނިމެންދެން އެތަނުގައި ދިރިއުޅޭ 5 ދިވެހިންނަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައި ދީފަ އެވެ.
އެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނީ ކުރިއަށް އޮތް 3 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަކިކަމާއި ކެއިންބުއިމުގެ އިންތިޒާމާ އެކީގަ އެވެ.