Last Updated: July 21, 11:48
Tuesday, July 21, 2026
ރިޕޯޓް

ފާތިހާ ސޫރަތް؛ އަޅާ އާއި ﷲ ގެ މުއާމަލާތެއް!

ޤުދުސިއްޔަ ޙަދީޘެއްގައި މާތް ވަޙީ ކުރެއްވި އެވެ.

ތިމަން އިލާހާ ތިމަން އިލާހުގެ އަޅާއާ ދެމެދު، ދެ ބަޔަށް ނަމާދު ބެއްސެވީމެވެ. ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެއްޗެއްވެ އެވެ.
އަޅާ (الْحَمْدُ لِلَّهِ رَبِّ الْعَالَمِين) ކިޔާހިނދު ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދުކޮށްފިއެވެ.
އަދި އެއަޅާ (الرَّحْمَنِ الرَّحِيم) ކިޔާ ހިނދު ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޘަނާ ދަންނަވައިފި އެވެ.
އަދި އެއަޅާ (مَالِكِ يَوْمِ الدِّين) ކިޔާ ހިނދު ތަޢާލާ ވަޙީ ކުރައްވައެވެ: ތިމަން އިލާހުގެ އަޅާ ތިމަންއިލާހު މަތިވެރިކޮށްފިއެވެ. – އަދި އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހާ އޭނާގެ ކަންކަން ޙަވާލުކޮށްފި އެވެ.
އަދި އަޅާ (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) ކިޔާހިނދު ވަޙީ ކުރައްވައެވެ: މިއީ ތިމަން އިލާހާ ތިމަންއިލާހުގެ އަޅާއާ ދެމެދުވާ އެއްޗެކެވެ. އަދި ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެއްޗެކެވެ.
ދެން ފަހެ އެއަޅާ (اهْدِنَا الصِّرَاطَ الْمُسْتَقِيمَ ٭ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّين) ކިޔާ ހިނދު ތަޢާލާ ވަޙީ ކުރައްވައެވެ: "މިއީ ތިމަން އިލާހުގެ އަޅާ އަށެވެ. ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު ކަމެއް ވެއެވެ."

(صحيح مسلم 395)

ނޯޓް: މިއީ ޝައިޚް މުހައްމަދު ޢާލިބް ޝާހިދުގެ ލިޔުއްވުމެކެވެ.