ގްރޫޕު ހަދައިގެން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހަތަރު ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖެހި އެ ހަތަރު މީހުންނަކީ ގދ. ދެއްވަދޫ، ނަރުގިސްވިލާ، ހައިޝަމް ހުސައިން، އާއި ގދ. ފިޔޯރީ، ފިނިވިލާގޭ އުމުރުންއަޙްމަދު ރަޝީދުމ 34، އާއި ގއ. ދާންދޫ، އަރޫރާގޭ އުމުރުން އިބްރާހިމް ތޫހީން އަޝްރަފް، 21، ގެ އިތުރުން މާލޭ، ދަފްތަރު ނަމްބަރު ރސ 2260، މައުސޫމް މުޙައްމަދުދީދީ، 32، އެވެ.
ބަންދު އަމުރުގައިވާ ގޮތުން މި ހަތަރު މީހުންނަކީ ކުރިން ވެސް ކުށުގެ ރެކޯޑު އޮންނަ ބައެކެވެ. އަދި މީގެ ތެރެއިން ތޫހީން އުމުރުން 18 އަހަރު ވެސް ނުވަނީސް ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް އޭނާގެ ކޯޓު އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި މާރާމާރީއަކީ ގިނަ ބަޔަކު ރާވައިގެން ކުރުމަށް ރޭވި އަދި އެ މީހުން ތިބި ތަނުން ދެ ވަޅި ވެސް ފެނިފައިވެ އެވެ.