މި އަހަރުހެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗުގައި ސްޕެއިނުން އާޖަންޓީނާ ބަލިކޮށް ވޯލްޑްކަޕް ތަށި ގެންގޮސްފި އެވެ.
އެ ގައުމަކީ ފަލަސްތީނަށް ވަރަށް ބޮޑަށް ތާއީދުކުރާ، އަދި ޣައްޒާއާ ދެކޮޅަށް އިޒުރޭލުން ކުރަމުންދާ ހަނގުރާމައަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުކިޔަމުންދާ ޤައުމެކެވެ. އަދި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި، އެ ޤައުމުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބޭނުން ކުރުންވެސް އެ ޤައުމުންވަނީ މަނާކޮށްފައެވެ. އެގޮތުން، އެ ޤައުމުގެ ބިމާއި، ވައިގެ ސަރަޙައްދު ވަނީ އެމެރިކާއަށް ބަންދުކޮށްފަ އެވެ.
އަނެއްކޮޅުން އާޖެންޓީނާ އާއި، އިޒުރޭލާ ގާތް ގުޅުމެއް އޮންނައިރު، އިޒުރޭލުގެ ބޮޑުވަޒީރު ޝައިޠާންޔާހޫއާއި، ބެން ގުއިރޯނާއި، ސްމޮޓްރިޖްގެ ތާއީދުވެސް އޮތީ އާޖެންޓީނާއަށެވެ. ސްޕެއިންއަށް ލިބުނު ކާމިޔާބީ އިސްލާމީ ގިނަ ޤައުމުތަކާއި، އަދި ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ޤަތުލުއާންމުތަކާއި ދެކޮޅު ގިނަބަޔަކު ދަނީ ފާހަގަކޮށް އުފާފާޅު ކުރަމުންނެވެ.
ފައިނަލް މެޗް ބަލަން، މި ޤަރުނުގެ ފިރުޢައުނު ޓުރަމްޕާއި، އޭނާގެ އަނބިގޮއްޔޮ، އެޕްސްޓައިން ޖަޒީރާގެ ޖާރިޔާ މެލީނާ ޓުރަމްޕުވެސް، ވަޒަންނާރާ ބިއްލޫރި ބަންކަރަކަށް ވަދެ ތިއްބެވެ.
ޓުރަމްޕަކީ އެމެރިކާގެ ސްޕެނިޝް ދަރިކޮޅުގެ މީހުންނަށާއި، އަދި އާންމުކޮށް ސްޕޭނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފުރައްސާރަކޮށް ފާޑުކިޔަމުންދާ މީހެކެވެ. ޓުރަމްޕާއި އޭނާގެ އަނބިގޮއްޔޮ ސްޓޭޑިއަމަށް ވަނުމާއެކު، އެތަނަށް ވަދެ ތިބި ކުޅިބެލުންތެރިން ހަޅޭއްލަވައި ޓުރަމްޕާއި ދިމާކޮށް ހަދާފައިވެއެވެ. އަދި މި މެޗް ބަލަން އިން ފީފާގެ ރައީސް އިންފަންޓީނޯ ފަކީރު ފެނުމުން މީހަކު ދެރަވެސް ވާނެއެވެ.
ނޯޓް: މިއީ ހަސަން ލުތުފީގެ ލިޔުއްވުމެކެވެ.