މަސްތުވާތަކެތި އަތުލައިގަތުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ކަސްޓަމްސް އޮފިސަރުންގެ ހިދުމަތުގެ އަގުވަޒަންކޮށް ސެޓްފިކެޓް ދީފި އެވެ.
އެކަމަށްޓަކައި ރަސްމިއްޔާތެއް ބޭއްވީ ކަސްޓަމްސް 136 އަހަރުފުރުމުގެ މުނާސަބަތާ ވެސް ގުޅުވައިގެންނެވެ.
އޮފިސަރުންނާ ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ޑެޕިއުޓީ ކޮމިޝަނަރު އިބްރާހިމް މަފާޒްގެ އިތުރުން އަދި ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒެވެ.
ކަސްޓަމުން ވަނީ ފަހަކަށް އައިސް ރާއްޖެއަށް ވައްދަން މަސައްކަތް ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އޭގެތެރޭގައި ވަައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެެ މަސްތުވާތަކެތި ހިމެނެއެވެ. އެގޮތުން މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި 324 ކިލޯގެ ޑްރަގް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 2021-2023 ގެ ނިޔަލަށް 247 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައެވެ.