Last Updated: July 21, 15:15
Tuesday, July 21, 2026
ޚަބަރު

މާރާމާރީ ހިންގި ކުއްޖަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގި މައްސަލައެއްގައި ހުޅުމާލެ އިން ކުޑަކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައިވަނީ ފޭސް ދޭއްގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ރޭ 8:30 ހާއިރު ކަމަށެވެ. އެ މައްސަލައިގައި ހައްޔަރުކިރީ 16 އަހަރުގެ ފިރިހެން ކުއްޖެެކެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހިންގި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ.