ތަކުރާރުކޮށް ސްކޭމްކކޮށް މީހުންގެ އަތުން ފޭރެމުން ދިޔަ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިހާރު 20 ދުވަހުގެ ބަންދަށް ވެސް ޖަހާފައިވާ މީހާ އަކީ ތ.ތިމަރަފުށި، ބަނަފްސާގެ، އަލީ ފަހުމީ، 40، އެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ހުށަހަޅާފައިވާ ސްކޭމްގެ ގިނަ މައްސަލަތަކެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.، ނަމަވެސް އޭގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ބަންދު އަމުރުގައި ފަހުމީ އަކީ ސްކޭމްގެ ކުށްތައް ނުހިންގުމަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް އެކަން ތަކުރާރު ކުރަމުން ދިޔަ މީހެކެވެ. އަދި އޭނަ އަކީ ރަށު ޕިކަޕުގެ ވިޔަފާރިކުރާ މީހެއްކަމަށް އަމުރުގައި ބުނެފައިވެ އެވެ.