މާލޭގެ މާފަންނު ފުޓްސަލް ދަނޑު މަރާމާތުތަކަށް ފަހު ހުޅުވައިފިއެވެ.
އެ ދަނޑު އިއްޔެ މިއަދު ހަވީރު ހުޅުވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ.
އެ ރަސްމިއްޔާތުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމާއި ދަނޑުގެ މަރާމާތު ކުރިއަށް ގެންދިޔަ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ނަޒީމްގެ އިތުރުން މާފަންނުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވި އެވެ.
ރާފިއު ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގައި ސަރުކާރުން ގާއިމުކޮށްފައިވާ ކޮންމެ ފުޓްސަލް ދަނޑަކީ ވެސް ގިނަ އަދަދެއްގެ ޒުވާނުން އެކި މުނާސަބުތަކުގައި ބޭނުން ކުރަމުން އަންނަ ދަނޑުތަކެއް ކަމަށެވެ. އެހެންވެ އެ ދަނޑުތަކަކީ ރައްކާތެރި އަދި ކުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަކީ ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
މާފަންނު ފުޓްސަލް ދަނޑު މަރާމާތަށް ބަންދުކޮށް އަމަލީ މަސައްކަތް ފެށި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި މަސައްކަތް ނިންމައި އާރްޑީސީން ދަނޑު މިނިސްޓްރީއާ އަލުން ހަވާލުކުރީ މި މަހުގެ 4 ގަ އެވެ.