Last Updated: July 21, 11:48
Tuesday, July 21, 2026
މުނިފޫހިފިލުވުން

ކުނާލް އިނގިރޭސި ފިލްމެއް ގެނެސްދެނީ

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ކުނާލް ކޯލީ އިނގިރޭސި ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މިދިޔަ މަހުގެ 26 ގައި އިނގިރޭސިވިލާތުގައި ޝޫޓިން ނިންމައިލި ފިލްމުގެ ނަމަކީ 'އޯލް އެބައުޓް ހާ' އެވެ. ސައިކޮލޮޖިކަލް ޑްރާމާއެއްގެ ގޮތުގައި ގެނެސްދޭ މި ފިލްމަކީ މުޅިން ވެސް ބޭރުގެ ފަންނާނުންނާއި ކްރޫން ބޭނުންކޮށްގެން ކުނާލް ހަދާފައިވާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Kunal Kohli (@kunalkohli)

ޝީތަލް ވިޖޭ ޕަރާބް ޕްރޮޑިއުސްކޮށްފައިވާ އޯލް އެބައުޓްގެ ލީޑް ކާސްޓުންނަކީ އެމީލިއާ ގެތިން އާއި ނިކް ސާގަރް އެވެ.

'މިއާ ބެހޭ ގޮތުން ކުނާލް ބުނީ މިއީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ތަޖުރިބާއެއް ކަމަށާއި ބެލުންތެރިންނަށް ފިލްމު ކަމުދާނެކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ވެސް އޮތް ކަމަށެވެ. ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައެއް ނުވެ އެވެ. އޭގެ ކުރިން 'އޯލް އެބައުޓް ހާ' އެކިއެކި ފެސްޓިވަލްތަކަށް ގެންދަން ނިންމާފައިވާ ކަމަށް ކުނާލް ބުންޏެވެ.

އޭނަ އަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ ހަމް ތުމް އާއި ފަނާ ގެނެސްދިން ޑައިރެކްޓަރެވެ. ކުނާލް ޑައިރެކްޝަނަށް ނުކުތީ 2002 ގެ މުޖްޝޭ ދޯސްތީ ކަރޯގީ އިންނެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ގެނައި ރޮމޭންޓިކް ކޮމެޑީ 'ބޮބީ އޯރް ރިޝީ ކީ ލަވް ސްޓޯރީ' އެވެ.

ކުނާލް ޑައިރެކްޓްކޮށްފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި 'ތޯޅާ ޕިޔާރު، ތޯޅާ މެޖިކް' އާއި 'ތޭރީ މޭރީ ކަަހާނީ' އަދި 'ލާހޯރް ކޮންފިޑެންޝަލް' ހިމެނެ އެވެ.