Last Updated: July 21, 11:48
Tuesday, July 21, 2026
ޚަބަރު

ކުނި މެނޭޖް ކުރަން ޖަޕާނުން ފުވައްމުލަކަށް އެހީއެއް

ފުވައްމުލަކުގެ ކުނި މެނޭޖް ކުރަން ޖަޕާނުން ބޮޑު އެހީއެއް ދީފި އެވެ.

އެ ގައުމުން ވަނީ އެ ސިޓީ އަށް ކުނި ކޮމްޕޯސްޓުކުރާ މެޝިނެއް ހަދިޔާކޮށްފަ އެވެ. އެ މެޝިން ފުވައްމުލަކަށް ގެންގޮސް ވެމްކޯގެ ސައިޓާ ވެސް މިހާރު ހަވާލުކޮށްފަ އެވެ.

ފުވައްމުލައް ސިޓީ ކައުންސިކުން ޖަޕާނުން ދިން ކޮމްޕޯސްޓް މެޝިނަކީ އެ ސިޓީއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން މިހާތަނަށް ކުރި މަސައްކަތުން ލިބުނު އެހީއެއް ކަމަށެވެ.

އެގޮތުން މެޝިން ބޭނުންކޮށްގެން ކޮމްޕޯސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ވެމްކޯ އިން ކަމަށް ކައުންސިލުން ބުންޏެވެ.

ލޯކަލް ޓޫރިޒަމް މިހާރު ބާރަށް ކުރިއަރަމުން އަންނަ އަދި އުމްރާނީ ގޮތުން ވެސް ބާރަށް ތަރައްގީވަމުން އަންނަ ފުވައްމުލަކަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ.