Last Updated: July 21, 11:48
Tuesday, July 21, 2026
ޚަބަރު

އައްސޭރި ޖަލުގެ ގައިދީންނަށް ޤިރާޢަތު ކޯހެއް ފަށައިފި

ކ. ހިންމަފުށީއައްސޭރި ޖަލުގައި ޤައިދީންނަށް އަމާޒުކޮށްގެން "ސެޓްފިކެޓް 1 އިން ޤިރާޢަތު" ކޯސް ފަށައިފި އެވެ.

ކަރެކްޝަނަލް ސަރވިސްއިން އިންތިޒާމު ކޮށްގެން އިއްޔެ ފެށި ކޯހުގައި ޖުމްލަ 35 ޤައިދީން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އައްސޭރި ޖަލުގައި ތިބި 31 ޤައިދީންނާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރުގައި ތިބި 4 ކުޑަކުދިންނެވެ.

މިއީ މީގެ ފަސް އަހަރު ކުރިން ފެށިގެން އެ ޖަލުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ނަމަވެސް، ކޯސް އަލުން މި ފެށީ މީގެ ހައެއްކަ އަހަރު ކުރިން ކުރިމަތިލި ކޮވިޑް-19 ގެ ވަބާއާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށް ފަހު އެވެ.

މީގެ ކުރިން މި ކޯސްތައް ކުރިޔަށް ގެންދިޔައީ، ބޭރުގެ އެކި އިންސްޓިޓިއުޓުތަކާ ގުޅިގެންނެވެ. ނަމަވެސް މި ފަހަރުގެ ކޯސް ކުރިއަށް ގެންދަނީ ކަރެކްޝަނަލް ސާވިސްގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސް) އިންނެވެ.

މިއީ ޤައިދީން އިސްލާހުކޮށް، އަލުން މުޖުތަމައަށް ނުކުންނައިރު ދީނީ ކަންކަމަށް ލޯބިކުރާ ބޭނުންތެރި ބަޔަކަށް ހެދުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ކޯހެކެވެ.