Last Updated: July 21, 11:48
Tuesday, July 21, 2026
ދުނިޔެ

އަންހެނެއްގެ މައްސަލައިގައި މިނިސްޓަރަކު އިސްތިއުފާ

ހިލޭ އަންހެނަކާ ގުޅުމެއް ބޭއްވިކަމުގެ ތުހުމަތުތަކާ ގުޅިގެން ސިންގަޕޫރްގެ ވަގުތީ މުސްލިމް އެފެއާޒް މިނިސްޓަރު ފައިސަލް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ މިއަދު އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް އެވެ.

އޭނަ ވިދާޅުވީ މިނިސްޓަރާއި އަންހެން މީހާއާ ދެމެދު އޮންލައިންކޮށް މުއާމަލާތްތަކެއްކޮށްފައިވާ ކަމަށާއި ބައެއް އާންމު އިވެންޓްތަކުގެ ހަވާސާތަކުގައި އެ ދެ މިހުން ބައްދަލު ވެސް ކޮށްފައިވާ ކަމަށެވެެ.

މި މައްސަލަ ފެންމަތިވުމުން އަންހެން މީހާ ވަނީ މިނިސްޓަރުގެ ފަރާތުން އޭނަ އަށް ފުރައްސާރައާ ކުރިމަތިވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ދެ ކުދިން ތިބި މިނިސްޓަރު ވެސް އަންހެން މީހާގެ ފަރާތުން އޭނަ އަށް ފުރައްސާރަ ލިބުނު ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލަ މިހާރު ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ

ސިންގަޕޫރްގެ ވަގުތީ މުސްލިމް އެފެއާޒް މިނިސްޓަރަަކަށް ފައިސަލް އައްޔަންކުރީ މިދިޔަ އަހަރުގެ މެއި 23 ގަ އެވެ. އޭނަ ކުރިން ހޯމް އެެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ.

މީގެ 20 އަހަރު ކުރިން ސިޔާސީ ދާއިރާ އަށް ނުކުންނެވުމުގެ ކުރިން ފައިސަލް، 58، އަކީ ޔުނިވަސިޓީ ޕްރޮފެސަރެކެވެ.