Last Updated: July 21, 11:48
Tuesday, July 21, 2026
ކުޅިވަރު

ފައިނަލަށް ފަހު އާޖެންޓީނާގެ ހުތުރު މަންޒަރުތަކެއް

މި އަހަރުގެ ވޯލްޑް ކަޕް ސްޕެއިނުން ކާމިޔާބުކޮށްގެން ނިންމައިލި އިރު، ފައިނަލް މެޗަށް ފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ދަށު ދަރަޖައިގެ އަޚުލާގީ މައްސަލަތަކެކެވެ.

އެ ޓީމުގެ ކުޅުންތެރިންގެ ކިބައިން މީގެ ކުރިން ވެސް މިފަދަ އަމަލުތަކެއް ފެނިފައިވާ އިރު، އެއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ.

މެޗަކުން ބަލިވެއްޖެ ނަމަ އެކަން ގަބޫލުކޮށް ދަނޑުން ފޭބުމަކީ އެންމެ ރަނގަޅު ގޮތެވެ.

ނަމަވެސް އެމީހުންގެ ފަރާތުން މި ފެނުނީ ކުޅުމާއި، ހިތްވަރުގެ ގޮތުންނާއި އަދި ރޭވުންތެރިކަމުގެ ގޮތުން ވެސް ކުރިނުހޯދެވުމިން، އެކަމުގެ މާޔޫސްކަމުގައި އަތުން ފައިން ހަޑިހޭވި މަންޒަރެވެ.

ޚާއްސަކޮށް ވާދަވެރި މެޗެއް ކުޅެ ނިމުމުން މިފަދަ ހަޑި ހުތުރު އަމަލުތަކަށް އިސްކަން ދިނުމަކީ ހިތާމަވެރި ކަމެކެވެ.

ސްޕެއިނުން ވޯލްޑް ކަޕް ކާމިޔާބުކުރީ 1-0 އިން އާޖެންޓީނާ ބަލިކޮށެވެ،