Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ގައިމައްޗަށް ފަންކާއެއް ވެއްޓި ބަލިމީހަކު މަރުވެއްޖެ

އިންޑިއާގެ ސަރުކާރުގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ ގައިމައްޗަށް ސީލިން ފަންކާއެެއް ވެއްޓި ލިބުނު ގެއްލުންތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ހޮނިހިރު ދުވަހު ނިއު ދިއްލީގެ ގުރޫ ތޭގް ބަހާދޫރު ހޮސްޕިޓަލްގައި ހެނދުނު ހިނގި ހާދިސާގައި މަރުވީ މުހައްމަދު އަކްބަރު ކިޔާ 42 އަހަރުގެ މީހެއް ކަމަށެވެ.

އޭނަ މަރުވި ހާދިސާއާ ގުޅިގެން ހޮސްޕިޓަލާއި އާއިލާ އިން ވެސް ބުނީ އަކްބަރު މަރުވީ ގައިމައްޗަށް ސީލިން ފަންކާ ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ. އަކްބަރުގެ އަކްބަރު އޮތް އެނދާ ދިމާގައި އެލުވާފައި އޮތް ބާ ފަންކާ އޭނަގެ ގައިމައްޗަށް ވެއްޓުނީ ނަރުހަކު އޭނަ އަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށް ދޭން އުޅެނިކޮށެވެ.

ފަންކާ ވެއްޓުނު ހާދިސާގައި ނަރުހަށް ވެސް އެކި ވަރުގެ ޒަގަމްތައް ލިބުނު ނަމަވެސް ސީރިއަސް ގެއްލުމެއް ނުވެ އެވެ.

ހޮސްޕިޓަލުން އަކްބަރުގެ މަރު ސާބިތުކުރި ލިޔުމުގައި ބުނެފައި ވަނީ އޭނަ މަރުވީ ހައިޕަޓެންޝަނާއި ނިއުމޯނިއާގެ ސަބަބުން ކަމަށެވެ. އެކަމާ ގުޅިގެން އާއިލާގެ މީހުން ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފައިވެ އެވެ.