Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

20 އަހަރު ފަހުން އާތިފް އަސްލަމްގެ އަލްބަމެއް

ޕާކިސްތާންގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އާ އަލްބަމެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އޭނަގެ ސޯޝަލް މީޑިއާގައި މިކަން އިއުލާންކޮށް، އަލްބަމްގެ ކަވަރު ވެސް ޕޯސްޓްކޮށްފައިވެ އެވެ. އަސްލަމްގެ ހަތަރު ވަނަ އަލްބަމަކީ 20 އަހަރު ފަހުން ނެރޭ 'ސުބާ އާއޭ ނާ' އެވެ. މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ ލިސްޓް ވެސް ހިއްސާކޮށްފައިވާ އިރު، އޭގައި ހިމެނޭނީ 8 ލަވަ އެވެ.

އެ ލަވަތަކަކީ އަލްބަމްގެ ޓައިޓަލް ލަވަ އާއި ސަފަރު މޭ ހޫނ، އިޝްގް، ލެޓްސް ހޭވް ސަމް ފަން، ސުން ސަޖްނާ، ހޫނ އިޝްގް މޭ، ޗާރު ޔާރު އަދި ސައްޗޭ ވާދޭ އެވެ.

'ސުބާ އާއޭ ނާ' ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އަންނަ މަހުގެ ތެރޭގައި އަލްބަމް ރިލީޒްކުރާނެ ކަމަށް ބެލެވެ އެވެ.

ޕާކިސްތާންގެ އެންމެ ނުފޫޒު ގަދަ ފަންނާނުންގެ ތެރޭގައު ހިމެނޭ އާތިފް އަސްލަމް އެންމެ ފަހުން ނެރުނު އަލްބަމަކީ 2004 ގެ 'ޖަލް ޕަރީ' އެވެ. އޭނަގެ އެހެން އަލްބަމްތަކަކީ 2008 ގެ 'މޭރީ ކަހާނީ' އާއި 2006 ގެ 'ދޫރީ' އެވެ.

އާތިފް އަސްލަމަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ވެސް މަގުބޫލު އެތައް ލަވައެއް ކިޔާފައިވާ ފަންނާނެކެވެ.