Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ޗީފް މިނިސްޓަރުގެ ފަހު ފިލްމު ޓީޒާއެއް

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމުގައި މިހާރު ހުރި މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭގެ ވަދާއީ ފިލްމު 'ޖާނާ ނަޔަގަން' ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ޕޮލިޓިކަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ 'ޖާނާ ނަޔަގަން' އަކީ އެޗް ވިނޯދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގެ ކާސްޓްގައި ބޮބީ ޑިއޯލް، ޕޫޖާ ހެގްޅޭ، ޕްރަކާޝް ރާޖް، ޕްރިޔަމަނީ އަދި ނައްސާރް ފަދަ ތަރިން ހިމެނެ އެވެ.

ޓަމިނަލް ނާޑޫ ސްޓޭޓްގެ ސްޓޭޓް އެސެމްބްލީ އިންތިހާބު ވިޖޭގެ ޕާޓީ ޓަމިލަގަ ވެއްޓްރީ ކަޒަގަމް (ޓީވީކޭ) ކާމިޔާބުކުރީ މެއި މަހުގެ 4 ގައި ބޭއްވި އިންތިހާބުގަ އެވެ. އަދި ޗީފް މިނިސްޓަރުކަމުގެ ހުވާކުރީ އޭނަ ކުރެއްވީ އެ މަހުގެ 10 ގަ އެވެ.

އިންޑިއާގެ ދެކުނުގެ އެންމެ ނުފޫޒު ގަދަ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި މިހާތަނަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ 2024 ގެ ދަ ގްރޭޓެސްޓް އޮފް އޯލް ޓައިމް (ގޯޓް) އެވެ.