Last Updated: July 12, 22:47
Sunday, July 12, 2026
ރިޕޯޓް

ދެން ސެލްފީ ނަގާނީ "އުނދުހޭ" ސެލްފީ ސްޓިކުން!

މޫނަށާއި އަނގަޔަށް ފާޑުފާޑުގެ ވައްތަރު ޖައްސައިގެން ސެލްފީ ނެގުމަކީ މިހާރު ގިނަ ބައެއްގެ ތެރޭގައި އެންމެ އާންމު ކަންތަކެވެ.

މޮބައިލް ފޯނުން ސެލްފީ ނެގުމުގެ ފޯރި ގަދަވުމާ އެކު، ފަހުން ވަނީ ސެލްފީ ސްޓިކް ވެސް ތައާރަފުކޮށްފަ އެވެ.

އެކަމަކު ސެލްފީ ސްޓިކްގެ ދިގުމިން ވަކި ވަރެއްގައި ހިފަހެއްޓިފައިވާތީ ފާޑުފާޑަށް ސެލްފީ ނަގަން ފޯރި ހުންނަަ މީހުންގެ ހިތަށް ހަމަޖެހުމެއް ނުލިބެ އެވެ.

މި ފަހަރު މިއޮތީ އެފަދަ ފަރާތްތަކަށް ހާއްސަ އުފެއްދުމެކެވެ.

އޮސްޓްރޭލިއާގެ ޓެކް ކުންފުންޏެއް ކަމަށްވާ އައިއޯޓީން މިހާރު ވަނީ "އުދުހޭ" ސެލްފީ ސްޓިކެއެއް ތައްޔާރުކޮށްފަ އެވެ. މީގެ ނަމަކީ "ރޯމް-އީ" އެވެ.

roame-1

މީތި ބަލާލެލުމަށް ވައްތަރީ ފަންކާއަކާއެެކެވެ. މިއީ ބޯމަތީގައި އުދުއްސައިގެން ފޮޓޯ ނެގުމަށް ބޭނުން ކުރާ ސެލްފީ ސްޓިކެވެ.

މީގައި ޑްރޯނަކާއި ކެމެރާއެއް އެކުލެވޭނެ އެވެ. މީހާ އާ ގާތްގަނޑަަކަށް 82 ފޫޓް ދުރުން މި ސެލްފީ ސްޓިކް ފޮޓޯ ނަގައި ދޭނެ އެވެ.

ހަމަ އެއާ އެކު ހުއްޓުމެއް ނެތި އޭގެ ކެމެރާ އިން 20 މިނިޓްގެ ވީޑިއޯ ވެސް ރެކޯޑްކޮށް ދޭނެ އެވެ.

މި އުފެއްދުމާ ބެހޭ ގޮތުން އައިއޯޓީގެ އެގްޒެކެޓިވް ޑިރެކްޓަރު އިއާން ޑަފެލް ބުނީ "ރޯމް-އީ" އަކީ ޒަމާނާ ގުޅޭ އަދި ފަސޭހަ އިން ގެންގުޅެވޭ ސެލްފީ ސްޓިކެއް ވުޖޫދަށް ގެންނަން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެގޮތުން މި ސެލްފީ ސްޓިކަކީ އާންމުކޮށް ގެންގުޅޭ ދަބަސް ފަދަ ތަކެއްޗަށް ލައިގެން ގެންގުޅެވޭ ވަރުގެ އެއްޗެކެވެ.

flying-selfie-stick-roam-e-to-take-pictures-980x457-1459768926_980x457

"މީގެ ސައިޒް ފައްޖަހާލީމާ 600 މިލިލީޓަރުގެ ފެންފުޅިއަކަށް ވުރެ ބޮޑެއް ނުވާނެ،" އިއާން ބުންޏެވެ.

"ރޯމް-އީ" އަށް ޕްރި އޯޑަ ކުރުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި އުފެއްދުން އާންމުކޮށް ބާޒާރަށް ނެރެން ހަމަޖެހިފައި ވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ. "ރޯމް-އީ" ގެ އަގު އުޅެނީ 267 ޑޮލަރަށެވެ.

މިއީ އެމެރިކާގައި މި ޒާތަށް އުފައްދާފައިވާ "ލިލީ ކެމެރާ" އަށް ވުރެ ހެޔޮ އަގެކެވެ. އެ އުފެއްދުން ވިއްކަނީ 889 ޑޮލަރަށެވެ.