Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ތިން ޕާޓީއެއް ޖޫރިމަނާކޮށްފި

އަދާލަތުގެ އިސްވެރިންތަކެއް. ފޮޓޯ/ އަދާލަތު

އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރީ އެމްޑީޕީ އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީ އެވެ.

މިއިން ކޮންމެ ޕާޓީއެއް ޖޫރިމަނާކުރީ 50،000ރ. އިންނެވެ.

އީސީން ބުނީ ކަނޑައަޅާފައި އޮތް މުއްދަތަށް ވުރެ ފަހުން އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ އިރު، އެމްއެންޕީ އާއި އަދާލަތުން އަދިވެސް އޮޑިޓް ރިޕޯޓް ހުށަނާޅާ އެވެ. އެމްޑީޕީ އަކީ ރާއްޖޭގައި މިހާރު ދެވަނަ އަށް މެންބަރުން އެންމެ ގިނަ ޕާޓީ އެވެ.

ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ހުށަހަޅަން ދިން މުއްދަތު ހަމަވީ މެއި މަހުގެ 20 އަށެވެ. އެ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓްތައް ހުށަހެޅީ ހަތަރު ޕާޓީއަކުންނެވެ. އެއީ ޖޭޕީ އާއި އެމްޑީއޭ އާއި ޕީއެންސީ އަދި ޕީއެންއެފެވެ.

މިހާރު އެންމެ ބޮޑު ޕާޓީއަކީ ވެރިކަންކުރާ ޕީއެންސީ އެވެ.