އިންޑިއާގެ ދެކުނުގެ މަޝްހޫރު ބަތަލާ ނަޔަތަންރާގެ 'ހާއި' އަންނަ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަން ނިންމައި އޭގެ ޓީޒާއެއް ދައްކާލައިފި އެވެ.
މި ތަމަޅަ ރޮމޭންޓިކް ޑްރާމާ އަކީ މަޝްހޫރު ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖާ އެކު އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޅެންވެރިޔާ ވިޝްނޫ އެދަވަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
'ހާއި ގައި' ނަޔަތަންތާ އެކު ބަތަލުގެ ރޯލުން ފެންނާނީ ކަވިން އެވެ.
އާންމުކޮށް ތެލެގޫ، ތަމަޅަ އަދި މަލަޔާޅަމް ފިލްމުތައް ކުޅޭ ނަޔަތަންރާ އަކީ އިންޑިއާގެ މި އަހަރުގެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މަޝްހޫރު ކަންނާޑާ އެކްޓަރު ޔާޝްގެ 'ޓޮކްސިކް' ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ. އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ.
އެހެންވެ އަންނަ މަހަކީ މުޅިން ތަފާތު ދެ ޖޯންރާއެއްގެ ދެ ފިލްމަކުން ނަޔަންތަރާ، 41، ފެންނާނެ މަހެކެވެ. އޭނަ މިހާރު ސަލްމާން ޚާނާ އެކު އެކްޝަން ތުރިލާއެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު، ނަޔަންތަރާގެ ފުރަތަމަ ބޮލީވުޑް ނުވަތަ ހިންދީ ފިލްމަކީ ޝާހްރުކް ޚާންގެ 2023 ގެ 'ޖަވާން' އެވެ.
ދެ ކުދިންގެ މަންމަގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި މަލަޔާޅަމް ފިލްމު 'ޕެޓްރިއަޓް' އެވެ.