Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ބީއެމްއެލް އެޕާއި އިންޓަނެޓް ބޭންކިން އަށް އަޕްޑޭޓްތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޮބައިލް އެޕާއި އަދި އިންޓަނެޓް ބޭންކިންއަށް އަޕްޑޭޓް ގެނެސް އެސިސްޓެންޓް 'އާޔާ' އަށް މުހިންމު ބަދަލުތަކެއް ގެންނަން ފަށައިފި އެވެ.

ގައުމީ ބޭންކުން މިއަދު ބުނީ މި އަޕްޑޭޓާއެކު 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

ބޭންކުން ބުމީ މިއީ ކަސްޓަމަރުންނަށް ބޭނުންވާ ހާއްސަ އެހީތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

މި ބަދަލާއެކު، މޮބައިލް ބޭންކިން އެޕާއި އިންޓަނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުން ކުރަމުން އައި މެސެޖިން ފީޗާ މެދުވެރިކޮށް ބޭންކިން ހިދުމަތްތަކަށް އެދި ހުށަހެޅުން މެދުކަނޑައިލެވޭނެ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި މިއީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ އަދި އިތުބާރު ހުރި ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.