ސަރުކާރުގެ ތިން ކުންފުންޏެއްގެ ބޯޑަށް ތިން ބޭފުޅަކު އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ޑިރެކްޓަރުން އައްޔަންކުރީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި މޯލްޑިވްސް ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަންގެ އިތުރުން މިފްކޯއަށެވެ.
ބީސީސީގެ ބޯޑުން ހުސްވެފައިވާ ސަރުކާރު ތަމްސީލުކުރާ ޑިރެކްޓަރުކަމުގެ މަގާމަށް އައްޔަންކޮށްފައި ވަނީ އައްޑޫ ހިތަދޫ، މީނާޒް، އީނާސް ނަޞީރެވެ. ފަންޑް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރީ ހއ. ތަކަންދޫ، ރަތްވިލާގެ، ޙުސެއިން ޢަބްދުލްވާޙިދެވެ.
މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރީ އައްޑޫ ފޭދޫ، އާބާދީގެ، ފާޠިމަތު ޣާޒިޔާ ފަތުޙީ އެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނަން ފޮނުވުމުން، ޕީސީބީންނެވެ.