ކ. ހިންމަފުށީގައި ހިންގި މާރާމާރީއަކާ ގުޅިގެން މިސްރު ދެ ފިރިހެނަކު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ އެ މާރާމާރީގެ މައްސަލަ ރިޕޯޓްކުރީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އިރާކޮޅު 7:24 އެހައިކަންހާއިރު ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި މިސްރަށް ނިސްބަތްވާ ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 2 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން އެ މައްސަލައިގެ ސުވާލުކުރަން ނޖެހޭ މީހުންނާއި ސުވާލުކޮށް ބަލަންޖެހޭ ކަންކަން ބަލާފައިވާ ކަމަށާއި ތަހުގީގުގެ ހޯދަންތަކަށް ރިއާޔަތްކޮށް، ތުހުމަތު ކުރެވޭ މީހުން ރާއްޖެއިން ފުރުވާލުމަށް ފަހު އަނބުރާ ރާއްޖެ ނާދެވޭނެ ގޮތް ހެދުމަށް މި ޚިދުމަތުގެ ފަރާތުން އިމިގްރޭޝަނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.