Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

އާމިރާ އަކީ ވެސް ޕޮލިޓިކަލް ޑިރެކްޓަރެއް

ފިލްމީ ތަރި އާމިރާ އިސްމާއީލު ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް އައްޔަންކޮށްފި އެވެ.

އޭނަ އައްޔަންކޮށްފައި ވަނީ ފަންނާއި ސަވާފަތާ ބެހޭ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށެވެ.

ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަކީ މި ސަރުކާރުން އައި ފަހުން އުފެއްދި މަގާމާކެވެ. އެގޮތުން ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި އެކި ލެވެލްގެ ގިނަ އަދަދެއްގެ ޕޮލިޓިކަލް ޑިރެކްޓަރުން އެބަތިއްބެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތެރޭގައި އެންމެ ބަޔަކު އައްޔަންކޮށްފައިވާ އެެއް މަގާމަކީ ވެސް ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމުކަން ފާހަގަކޮށްވެ އެވެ.

އާމިރާ އަކީ ރާއްޖޭގައި އުފެއްދި އެންމެ ކާމިޔާބު އެއް ބިރުވެރި ފިލްމު ކަމަށްވާ 2009 ގެ އުދަބާނިގެ ބަތަލާ އެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި 'ދޮންކަމަނަ'، 'ވެހޭ ވާރޭ ތެރެއިން'، 'ލޫދިފާ'، 'ލަވް ސްޓޯރީ'، އާދޭސް އަދި 'އިލްޒާމް' ހިމެނެ އެވެ.

އާމިރާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅު އެޅުވި 'ދޯދި' އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ސެޕްޓެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ 'ދެވި' ގެ އިތުރުން އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައޮވާ 'ދަލޭކަ' ހިމެނެ އެވެ.

އާމިރާ، 40. ކުޅެފައިވާ ސިލްސިލާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ސިލްސިލާ އަކީ 'ސޫރަ' އެވެ.