Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

އަދީބުގެ ވަކީލުންގެ އޮފީހުން ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ވަކީލުން މަސައްކަތް ކުރަމުން އަންނަ އޮފީސް ފަޅާލައި އެތަނުން ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފި އެވެ.

އަދީބްގެ ވަކީލުންގެ ޓީމްގައި ހިމެނޭ މޫސާ ސިރާޖު
އަދީބްގެ ވަކީލުންގެ ޓީމްގައި ހިމެނޭ މޫސާ ސިރާޖު

އަދީބް ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، މުސާ ސިރާޖު ވިދާޅުވީ އޮފީސް ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ލެޕްޓޮޕް ނޫން އެހެން އެއްޗެއް ވަގަށް ގެންދިޔަ ކަން އެގިފައި ނުވާކަ މަށެވެ.

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އޮފީސް ފަޅާލައި ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ އިރު އަދީބްގެ މައްޗަށް ބޮޑެތި މައްސަލަތަކެއް ވަނީ ތުހުމަތުކޮށްފަ އެވެ.