ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި އެވެ.
އެ ކުންފުނިތަކަކީ ޙައްޖު ކޯޕަރޭޝަނާއި އެޗްޑީސީ އާއި، އައިލޭންޑް އޭވިއޭޝަންގެ އިތުރުން ފަހި ދިިރިއުޅުން ކޯޕަރޭޝަނަށެވެ.
ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ބޭފުޅުން:
* ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ.ޝަހީން/ ޢަބްދުﷲ ޔާމީން
* އައިލެންޑް އޭވިއޭޝަން: ދ. ކުޑަހުވަދޫ، ތިކުރީތު/ މައީޝާ އިބްރާހިމް
* އެޗްޑީސީ: ދ. ބަނޑިދޫ، ފެހިވިނަ/ ޝާހިދު މޫސާ
* ޙައްޖު ކޯޕަރޭޝަން: ގ. ބަނީ/ އަޙްމަދު މާޒިން
ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރަމުން އަންނަ އިރު، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަަދަދު 33 ޕަސެންޓަށް މަދުކުރަން އޮތީ އަންގައިފަ އެވެ. އަދި އެކަމަށް ތިން މަސް ދުވަހުގެ މުހުލަތެއް އޮތީ ދީފަ އެވެ.