އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކިލޭގެފާނު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ޝެއިޚް އިމްރާނާއި ތޮލްހަތު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މިރޭ 1:15 އެހާކަށް ހާއިރު އެވެ.
އިމްރާން ގޭ ބަންދަށް ބަދަލުކުރިކަން އަދާލަތު ޕާޓީގެ ނައިބު ރައީސް ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. 'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިޚް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ 1 މަސް ދުވަހު މުއްދަތަކަށެވެ.
އިމްރާން އާއި ތޮލްހަތު ގޭ ބަންދަށް ބަދަލުކުރީ ހިންމަފުށީ އައްސޭރި ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ) މަރާމާތަށް ބަންދު ކުރުމަށް ނިންމާފައިވާތީ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.
އެސްޕީޔޫ އަކީ ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ގެންދާ ސިޔާސީ އިސްވެރިން ތިއްބަވާ ތަނެވެ. އެތަނުގައި މިވަގުތު ތިއްބެވީ އިމްރާނާއި ތޮލްހަތު އެކަންޏެވެ.