މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފުޓްސަލް ދަނޑު އިއްޔެ ކ. ހިންމަފުށީގައި ރަސްމީކޮށް ހުޅުވައިފި އެވެ.
އެ ދަނޑު ހުޅުވަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ދަނޑު ހުޅުވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕްރިޒަންސް ޙަސަން ޒަރީރުގެ އިތުރުން ދަނޑު ހެދުމުގެ މަސައްކަތްކުރި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމާއި އިންސްޕެކްޓަރއޮފް ކަރެކްޝަނަލް ސާވިސް ޢާޝަޔަތު ޝިޢުނާ ވެސް ބައިވެރިވަވަޑައިގަތެވެ.
ދަނޑު ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިނިސްޓަރާއި، ކަރެކްޝަނަލް ސާވިސްގެ ސީނިއަރ މެނޭޖްމަންޓް އަދި އާރް.ޑީސީގެ ސީނިއަ މެނޭޖްމަންޓާ އެކު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ވެސް ކުޅެފައިވެ އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ފުޓްސަލް ދަނޑު ވަނީ ރަސްމީކޮށް ޕްރިޒަން ކްލަބާ ޙަވާލުކޮށްފަ އެވެ.
ކަރެކްޝަންސް އަށް ފުޓްސަލް ދަނޑެއް ހުޅުވި އިރު، ގައިދީންނަށް ހާއްސަކޮށްގެން މުބާރާތްތައް ވެސް ބާއްވަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.