މި އަހަރުގެ މޯލްޑިވްސް ހާފް މެރަތަންގެ އެކްސްކްލޫސިވް ބޭންކިން ޕާޓްނަރުގެ ގޮތުގައި އައިރަނާސްއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ގައި ހުޅުމާލޭގަ އެވެ.
ދެހާހަށް ވުރެގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ގެންދަން ނިންމާފައި އޮތީ 8 ކެޓަގަރީއަކަށެވެ. އޭގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއާ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައް ހިމެނެ އެވެ.
މި ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސް އިން އިންތިޒާމްކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ރަނިން ޓްރެކްގައި ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް 11-13 އަށެވެ.
އެމްއެޗްއެމް26 ގައި ބައިވެރިވާން ރަޖިސްޓްރޭޝަނަށް ފައިސާގެ ތެރެއިން ބައެއް ޕްރޮޖެކްޓް ދަ ރީފް ކެމްޕޭންގެ ދަށުން މިއަހަރު އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ސޭވް ދަ ބީޗަށެވެ.