ކަނޑުމަގުން ރާއްޖެ އެތެރެކުރި 5.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3،110 ކިލޯގްރާމް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
މި މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށާއި އެ ތަކެތި އަތުލައިގެންފައިވަނީ މާލޭގެ ވިޔަފާރި ބަނދަރުން ކަމަށްވ ވެސް ކަސްޓަމްސް އިން ބުންޞެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެސް ކަސްޓަމްސް އިން ވަނީ އައްޑު ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އެތެރެކުރި 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ ތަކެތި އަތުލައިގަތީ، އިންޑިއާއިން ރާއްޖެ އައި އެ ގައުމުގެ ދެ މީހެއްގެ އަތުންނެވެ.