Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ފިޝަރީޒާއި ދަނޑުވެރިކަމުގެ 12 ސްކޮލަޝިޕެއް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށްޓަކައި މާސްޓާސް އަދި ބެޗްލާސް ޑިގްރީގެ 12 ފުރުސަތަކަށް ހުޅުވާލައިފި އެވެ.

މިއީސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށް ގެންދާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" (ޓްރާންސްފޯމް) ޕްރޮޖެކްޓްގެ ދަށުން ހުޅުވާލާފައިވާ ފުރުސަތުތަކެވެ.

ހުޅުވައިލި ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ ފިޝަރީޒް ދާއިރާއިން ބެޗްލާސް ޑިގްރީއަށް ހަތަރު ފުރުސަތާއި މެރިން ރިސާޗް އަދި މެރިކަލްޗާ ދާއިރާއިން ދެ ފުރުސަތާއި އަދި އެގްރިކަލްޗާ ދާއިރާއިން މާސްޓާސް ޑިގްރީ ހިމެނޭހެން ހަ ފުރުސަތެވެ. މީގެ ތެރޭގައި ސްޓެޓިސްޓިކްސް، މެރިން ސައިންސް، މައިކްރޯ ބަޔޮލޮޖީ، އަދި ޕްލާންޓް ޕްރޮޓެކްޝަން ފަދަ މުހިންމު ދާއިރާތައް ވެސް ހިމެނެ އެވެ.

އެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން މާސްޓާސް ޑިގްރީއަށް ނަމަ، ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއަކާއެކު ދެ އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެވެ. އަދި ބެޗްލާސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން އޯ ލެވެލްގެ 5 މާއްދާއިން އަދި އޭ ލެވެލްގެ 3 މާއްދާއިން ސީ އިން ފެށިގެން މަތީ ގްރޭޑެއް އޮންނަން ޖެހެ އެވެ.

އެ ސްކޮލާޝިޕްތަކުގެ ދަށުން ކޯސް ފީ އާއި، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗާ އެލަވަންސްގެ އިތުރުން ކިޔަވާ މުއްދަތުގައި މަހުން މަހަށް ދެވޭ ސްޓައިޕަންޑް ވެސް ސަރުކާރުން ހަމަޖައްސައި ދޭނެ އެވެ.

ކޯސްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު 3033484 އިން ހޯދޭމެ އެވެ.