Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ ނައިބު ވަކިކޮށްފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ފާތިމަތު މަހީރާ މުހައްމަދުމަގާމުން ވަކިކޮށްފި އެވެ.

އޭނަ ވަކިކުރިކަން ކަށަވަރުވި ނަމަވެސް ވަކިކުރި ސަބަބެއް ސާފެއް ނުވެ އެވެ. މާހިރާ ވަކިކުރީ މި މަހުގެ 21 ގަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް އޭނަ އައްޔަންކުރީ އޭޕްރީލް 15، 2024 ގަ އެވެ. އޭނަ ވަނީ މެއި 4، 2024 އިން މާޗް 24، 2024 އަށް ވެސް އެ މަގާމު ފުރުއްވައިފަ އެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ މެންބަރަކަށް މަހީރާ އެންމެ ފުރަތަމަ އައްޔަންކުރީގެ ކުރީގެ ސަރުކާރުގައި މާޗް 25، 2019 ގަ އެވެ.

އޭނަ ޓްރިބިއުނަލްގެ ނައިބު ރައީސްގެ މަގާމުން މި މަހުގެ 21 ގައި ވަކިކުރި މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަން ކުރައްވައިފަ އެވެ.