Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ބުލީއާ ދެކޮޅު ގާނޫނަށް ބޭރުގެ ލަފާ ހޯދަނީ

އެންޓި-ބުލީ ގާނޫނަށް ބޭރުގެ ލަފާ ހޯދަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މި ފަހުން ވަރަށް ބޮޑަށް އާންމުވެފައިވާ ބުލީގެ މައްސަލަތައް ހައްލު ކުރަން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ކުރަމުން އަންނަކަން ރައީސް އިއުލާން ކުރެއްވީ، މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު އެވެ.

ރައީސް މުއިއްޒު ސިލްސިލާކޮށް މިހާރު ކޮންމެ ހުކުރު ދުވަހު ކުރިއަށް ގެންދަވާ ޕަލްސް ފޮޑްކާސްޓް ސީރީޒްގެ 5 ވަނަ އެޕިސޯގްގައި އިއްޔެ ވިދާޅުވީ، ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އެންޓި ބުލީން ޤާނޫނަކީ އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަސއްކަތް ކަމަށެވެ. އަދި އެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަނީ ބުލީކުރުމާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ފަންނީ މީހުންނާއި، ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށް ވިދާޅުވި އެވެ.

"ބުލީގެ މައްސަލަތައް ހައްލުކުރުމަށް މުޖުތަމައުގެ އެހީތެރިކަން ބޭނުންވޭ. ވަށާޖެހޭ ޞިއްޙީ ދުޅަހެޔޮކަން ޤާއިމްކޮށް ނަފްސާނީ ގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން މަސައްކަތްކުރޭ." ރައީސް ވިދާޅުވި އެވެ.

އެ މަނިލުފާނު ވިދާޅުވީ ބުލީކުރުން ފަދަ މައްސަލަތައް ހައްލު ކުރުމަށް ޤާނޫނީ ފަރުވާ ހޯދައި ދިނުމުގެ އިތުރުން، ބުލީކުރާ މީހާ އާއި ބުލީގެ ޝިކާރައަކަށްވާ މީހާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ނިޒާމެއް ޤާއިމްކޮށް ދޭނެ ކަމަށެވެ. އެގޮތުން އެން-ޓިބުލީގެ ޤާނޫނަކީ، ބުލީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމެއް ކަމަށް ސަރުކާރުން ޤަބޫލުކުރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.