Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޗައިނާ ޓޫރިސްޓުން 200،000 އިން މައްޗަށް

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 200،000 އަށް ވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ޓޫރިސްޓް އެރައިވަލްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 22 އާ ހަމައަށް ޗައިނާއިން ޖުމްލަ 201,739 ޓޫެރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މިދިޔަ އަހަރު ވެސް ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ.

މިހާރު ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ރަޝިޔާ އިން 170,887 ޓޫރިސްޓުން އައިސްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 94,139 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެމައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް އައީ 2.2 މިލިއަން ޓޫރިސްޓުންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.1 މިލިއަނަށް އަރަ އެވެ.