ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ޚަލީލުއް ރަޚްމާން ރާއްޖެއަށް ވަޑައިގެންފި އެވެ.
އޭނަގެ މި ދަތުރުފުޅަކީ މާދަމާ ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރަހްމާބް މި މަހުގެ 27 ގެ ނިޔަލަށް އެ ރާއްޖޭގައި މަޑުކުރައްވާނެ އެވެ.
އޭނަ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ވިދާޅުވީ މިނިސްޓަރު އިރުތިޝާމެވެ.
ރަހްމާންގެ މި ދަތުރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާނެ އެވެ. ގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރަށްވާނެ ކަމަށްވެސް ވިދާޅުވިއެވެ.