Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މާލޭގެ މޫނުމަތީގައި އިތުރު ފާލަންތަކެއް ހަދަނީ

ދެ ފަރާތަށް އުޅަނދުތައް ކައިރި ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރިމަތީ ފަޅުގައި ތިން ފާލަން ހަދައި މާލޭގެ ރިންގްރޯޑްގެ ބާކީ މަސައްކަތްތަކާ އެކު ހުރިހާ މަސައްކަތްތަކެއް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ބޭރު މަގު ހަދާ ނިމޭއިރުގެ ޑިޒައިންތައް ފެންނަ ކުރެހުންތަކާއި އެނިމޭޓެޑް ވީޑިއޯއެއް ވެސް ހިއްސާ ކުރައްވައިފަ އެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވީ އެ ޑިޒައިންތަކަކީ ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމާއި އެސަރަހައްދުގެ ބަނދަރުތަރައްގީ ކުރުމުގެ އިތުރު ފޭސްތައް ކަމަށެވެ. އެގޮތުން އެ ހުރިހާ މަސައްކަތްތަކާއި އެމްޕީއެލް ސަރަހައްދުން ފެށިގެން ގޮސް ސުނާމީ ބިނާއާ ހަމައަށް ބޭރުމަގު އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަދައި ނިމޭނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން މަސްވެރިން ޕާކުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮންނަ ސަރަހައްދުގައި ވެސް ތިން ފާލަން ގާއިމް ކުރަން ނިންމާފައިވެ ފައެވެ. އެއީ ވެސް ދެ ފަރާތުގައި އުޅަނދު އެޅޭ ގޮތަށް ހަދާ އެ ފާލަންތެކެކެވެ.